About Us

އަޅުގަނޑުމެން

Department of Public Examinations (DPE) was established on 1st September 1989 under Ministry of Education. The main role of DPE is to organize and conduct National and International Examinations. In addition, services related to examinations are provided by DPE. Examination center’s at different locations of Maldives are established under DPE

މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ދަށުން ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސް (ޑީޕީއީ) އުފެދިފައި ވަނީ 1 ސެޕްޓެމްބަރު 1989 ގައެވެ. ޑީޕީއީ ގެ މައިގަނޑު މަސައްކަތަކީ ޤައުމީ އަދި ބައިނަލްއަޤްވާމީ އިމްތިޙާންތައް އިންތިޒާމްކޮށް ބޭއްވުމެވެ. މީގެ އިތުރުން އިމްތިޙާންތަކާއި ގުޅުންހުރި އެކިއެކި ޚިދުމަތް ފޯރުކޮށްދިނުމެވެ. މީގެ އިތުރުން އިމްތިޙާންތަކާ ގުޅުންހުރި އެކިއެކި ޚިދުމަތް ފޯރުކޮށްދިނުމެވެ. މިގޮތުން ދިވެހިރާއްޖެ އެކިއެކި ކަންކޮޅުތަކުގައި އިމްތިޙާން ސެންޓަރުތައް ވަނީ ޤާއިމްކުރެވިފައެވެ.

Vision

To uphold and sustain the integrity and reliability of the institution and continue to play a fundamental and significant role in the assessment and evaluation of examinations in the Maldives.

ތަސައްވަރު

ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސްގެ ޤަދަރާއި އިތުބާރު ނެގެހެއްޓުމާ އެކު ދިވެހިރާއްޖޭގައި ކުރިއަށްގެންދާ އެންމެހައި އިމްތިޙާންތަކުގައި މުހިއްމު ދައުރެއް އަދާކުރުންމަތީ ދެމިތިބުމެވެ.

Mission

Mission The Department of Public Examinations (DPE) is committed to organize and conduct examinations at all levels, consistent with the national policies and goals in line with emerging international trends. DPE ensures that its examinations are valid and reliable and that standards are maintained in view of international recognition. In the conduct of examinations, DPE is committed to provide a high level of confidentiality and security, vital for strengthening confidence among the users of its services and the public in general.

އަމާޒު

ދިވެހިރާއްޖޭގެ ތަޢުލީމީ މުގައްރަރުގެ ލަނޑުދަނޑިތައް ހާޞިލުވާނޭ ފަދައިން ހުރިހާ ފަންތިއަކާއި ހަރުފަތަކަށް، ބައިނަލްއަޤުވާމީ މިންގަނޑުތަކާއި އެއްގޮތްވާ ގޮތުގެ މަތިން އިމްތިޙާން އިންތިޒާމްކުރުމަކީ އަޅުގަނޑުމެންގެ ލަނޑުދަނޑިއެވެ. ހަމައެއާ އެކު ޑީޕީއީން ރާވައި އިންތިޒާމްކުރާ އިމްތިޙާންތަކަކީ އިތުބާރުކުރެވޭ އަދާހަމަ އިމްތިޙާންތަކެއް ކަމުގައި ހެދުމެވެ. މީގެ އިތުރުން ދިވެހި ރައްޔިތުން އަދި ޑީޕީއީ އިން ޚިދުމަތް ހޯދާ އެންމެހައި ފަރާތްތަކުގެ އިތުބާރު ދެމެހެއްޓުމުގެ ގޮތުން ޑީޕީއީން ފޯރުކޮށްދޭ އެންމެހައި ޚިދުމަތަކީ ސިއްރު ހިފެހެއްޓޭ ބައިނަލްއަޤްވާމީ ދުނިޔެ ބަލައިގަންނަ ޚިދުމަތެއް ފޯރުކޮށްދިނުމެވެ.

  1. To conduct local examinations and provide certificates accordingly
  2. To oversee all the international examinations conducted in Maldives.
  3. To make rules and regulations for the examinations mentioned in 1 and 2.
  4. To organize, manage all the examinations mentioned in 1 and 2 and collect, analyse and publicize the information for the aforementioned examinations.
  5. To ensure the credibility of the certificates.

1. ދިވެހިރާއްޖޭގެ ޢާންމު އިމްތިޙާނުތައް ކުރުމާއި، އެފަދަ އިމްތިޙާނުތަކާ ގުޅިގެން ދޭންޖެހޭ ސަނަދު ދިނުން.

2. ދިވެހިރާއްޖޭގައި ބާއްވާ ބޭރުގެ އިމްތިޙާނުތަކާބެހޭ ހުރިހާ ކަމެއް ބެލެހެއްޓުން.

3. 1 ވަނަ ނަންބަރާއި 2 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އިމްތިޙާނުތަކާބެހޭ ގަވާއިދުތައް ހަދައި، އެ ގަވާއިދުތައް ހިންގުން.

4. 1 ވަނަ ނަންބަރާއި 2 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އިމްތިޙާނުތަކުގެ ކަންކަން ރާވާ ހިންގުމާއި އިމްތިޙާނުތަކުގެ މަޢުލޫމާތު އެއްކޮށް، އެމަޢުލޫމާތުތައް ވަޒަންކޮށް ޢާންމުކުރުން.

5. އެފަދަ ސަނަދުތައް އަސްލާ އެއްގޮތްތޯ ބަލާ، އެކަމާ ގުޅޭ މަސައްކަތްކުރުން.

English version will be updated shortly!

"ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސް" އުފެދުން
 

ދިވެހިރާއްޖޭގައި ބޭއްވޭ ޤައުމީ އަދި ބައިނަލްއަޤްވާމީ އިމްތިޙާނުތަކުގެ މަސައްކަތް ކުރިން ކުރަމުންއައީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ޑީ ސެކްޝަނުންނެވެ. އޭރު މިނިސްޓްރީ ހިންގަމުންއައީ ޣާޒީ ބިލްޑިންގ އިމާރާތުގައި ނަމަވެސް މި ސެކްޝަން ކުރިއަށް ގެންދެވުނީ ދޮށިމޭނާ ބިލްޑިންގ ގެ ދެވަނަ ފަންގިފިލާގައެވެ. އެ ދުވަސްވަރު، ދިވެހިރާއްޖޭގެ އެކިކަންކޮޅުތަކުގައި ހިންގާ އިމްތިޙާނުތައް ވަކި ގަވާއިދާއި އުސޫލެއްގެ ދަށުން ހިންގުމަށާއި، ރާއްޖޭން ބޭރުގެ އިމްތިޙާނުތައް ހަރުދަނާ އުޞޫލެއްގެ ދަށުން ރާއްޖޭގައި ބޭއްވުމަށްޓަކައި  1989 ވަނަ އަހަރުގެ ސެޕްޓެމްބަރ 1 ވަނަ ދުވަހު މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ދަށުން "ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސް (ޑީޕީއީ)" ގެ ނަމުގައި ވަކި ޑިޕާޓްމަންޓެއް ދިވެހި ސަރުކާރުން އުފެއްދިއެވެ. މި ޑިޕާޓްމަންޓްގެ މައިގަނޑު މަސައްކަތަކީ ދިވެހިރާއްޖޭގެ ގައުމީ އިމްތިޙާނުތައް ކުރުމާއި، އެފަދަ އިމްތިޙާނުތަކާ ގުޅިގެން ދޭންޖެހޭ ސަނަދު ދިނުމެވެ. އަދި ދިވެހިރާއްޖޭގައި ބާއްވާ ބޭރުގެ އިމްތިޙާނުތަކާބެހޭ ހުރިހާ ކަމެއް ބެލެހެއްޓުމެވެ. މިގޮތުން ބައިނަލް އަޤްވާމީ އިމްތިޙާނުތައް ބާއްވާ މަރުކަޒުތަކުގެ އެހީގައި، އިމްތިޙާނުތަކާބެހޭ ގަވާއިދުތައް ހަދައި، އެ ގަވާއިދުތަކާ އެއްގޮތަށް އިމްތިޙާނުތަކުގެ ކަންކަން ރާވާ ހިންގުމާއި އިމްތިޙާނުތަކުގެ މަޢުލޫމާތު އެއްކޮށް، އެމަޢުލޫމާތުތައް ވަޒަންކޮށް ޢާންމުކުރުމާއި އެފަދަ ސަނަދުތައް އަސްލާ އެއްގޮތްތޯ ބަލާ، އެކަމާ ގުޅުންހުރި ކަންކަން މިއަންނަނީ ސްކޫލްތަކާއި އިމްތިޙާނު ސެންޓަރުތަކާއި ބައިނަލްއަޤްވާމީ އިމްތިޙާން އިދާރާތަކާ އެކު ވަރަށް ގާތުން ކުރަމެވެ.

ޑިޕީއީ އުފެއްދުމުގެ މައިގަނޑު މަޤްޞަދަށް ވާސިލްވުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑި ހާޞިލް ކުރުމަށްޓަކައި 30 އަހަރުގެ މާޒީއެއް ފަހަނައަޅާ ދިޔައިރު، ތަފާތު އެތަށް ކުރިއެރުންތަކެއްވަނީ ލިބިފައެވެ. މިގޮތުން ޑީޕީއީ އުފެދުނުއިރު މި ޑިޕާޓްމަންޓުގައި ގިނައިން ހިންގުނީ "އާއްމު އިމްތިޙާނު"ގެ ނަމުގައި ބޭއްވުނު ގިނަ މާއްދާތަކެވެ. ބައިނަލް އަޤްވާމީ އިމްތިޙާނުތަކުގެ ގޮތުގައި ހަމައެކަނި ކުރިއަށް ދިޔައީ އޯލެވެލް އިމްތިޙާނުތަކެވެ. ނަމަވެސް މިހާރު "އާއްމު އިމްތިޙާނުތަކުގެ ބައެއް މާއްދާތަކުގެ އިތުރުން ޤައުމީ ފެންވަރުގެ އިމްތިޙާނުތަކުގެ ގޮތުގައި  ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނާއި ހަޔަރ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނު ކުރިއަށް ގެންދެއެވެ. އަދި ކެމްބްރިޖް އައި.ޖީ.ސީ.އެސް.އީ އަދި ޖީ.ސީ އޯލެވެލް އިމްތިޙާނާއި އެޑެކްސެލް އޭލެވެލް އިމްތިޙާނުގެ އިތުރުން ކެމްބްރިޖް އެސެސްމަންޓް އިންގްލިޝް އިމްތިޙާނު ތަކާއި އޮންޑިމާންޑްގެ ތަފާތު އިމްތިހާނުތައް ބާއްވަމުން މި އަންނަނީ އެފަދަ އިމްތިޙާނުތައް ބޭއްވުމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް، ޤައުމީ ފެންވަރުގަޔާއި ބައިނަލްއަޤްވާމީ ފެންވަރުގައި ޤަބޫލުކުރެވޭފަދަ މިންގަނޑެއްގައެވެ.

މީގެއިތުރުން ޑީޕީއީގެ އަމާޒަށް ވާސިލްވުމަށްޓަކައި ގައުމީ ފެންވަރުގައި ބޭއްވޭ ހުރިހާ އިމްތިޙާނެއްވެސް ކުރިއަށްދަނީ ގައުމީ ސިޔާސަތުތަކާއި ލަނޑުދަނޑިތަކާއި ބައިނަލްއަޤްވާމީ އުޞޫލްތަކާ އެއްގޮތަށް، ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް ހަރުދަނާ ކަމާއެކު އެޅިގެންކަން ކަށަވަރުވަނީ އިމްތިޙާނުތަކާ ގުޅިގެން ކުރާ ހުރިހާ މަސައްކަތެއްގައިމެ، މި ޑިޕާޓްމަންޓުން ޚިދުމަތް ހޯދާ އެންމެހާ ފަރުދުން އަދި ޢާންމުކޮށް އެންމެން ޑީޕީއީއަށް ފުރިހަމައަށް އިތުބާރު ކުރާތީއެވެ. މި އިތުބާރު ދަމަހައްޓާ އެ ފަރާތްތަކަށް ދެމުންއަންނަ ޚިދުމަތްތައްވެސް މިހާރުވަނީ ފުޅާކުރެވިފައެވެ. އެގޮތުން ކުރިން ކުރަމުންއައި ސަނަދު ދޫކުރުމާއި އެފަދަ ސަނަދުތައް އަސްލާއެއްގޮތްތޯ ބެލުމުގެ އިތުރުން މިހާރު، ބޭރުގެ އިމްތިޙާނުތަކުގެ ސެޓްފިކެޓްތައް ގެއްލިގެން އަންނަ ފަރާތްތަކަށް އެންޑޯޒްމަންޓް ދޫކުރުމާއި ގައުމީ އަދި ބައިނަލް އަޤްވާމީ އިމްތިހާނުތަކުގެ ސެޓްފިކެޓްތައް ގެއްލުމުން، އެފަދަ ފަރާތްތަކަށް ނަތީޖާ އަންގައިދޭ ލިޔުން (ސަޓިފައިން ސްޓޭޓްމެންޓް) ދޫކުރުން ހިމެނެއެވެ. އަދި ސެޓްފިކެޓް ތަރުޖަމާކޮށްދިނުން ފަދަ ޚިދުމަތްތައްވެސް މި ޑިޕާޓްމަންޓުގައި ދެމުން ގެންދެއެވެ.

އިތުބާރާއި ޔަގީންކަމާއެކު މި ޑިޕާޓްމަންޓުގެ ޚިދުމަތް މެދު ކެޑުމެއްނެތި 30 އަހަރުގެ މުއްދަތުގައި އާއްމުންނަން ފޯރުކޮށްދިނުމުގައި އެއް ފުރާޅުން އަނެއް ފުރާޅަށް ބަދަލުވުގެ މައިގަނޑު އަމާޒަކީވެސް އާއްމުންނަށް ފޯރުކޮށްދެމުން އަންނަ ޚިދުމަތްތައް ފުޅާވެގެން ދިޔުމެވެ.

މިގޮތުން ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސް (ޑީޕީއީ) ފުރަތަމަ ޚިދުމަތް ފޯރުކޮށްދެމުން ގެންދިޔަ އިމާރާތުން، މއ. ސެމީޑީލް ގެ ޢިމާރާތަށް 1990 ވަނަ އަހަރު ބަދަލުކުރެވުނެވެ. މިޢިމާރާތުގައި ގާތްގަޑަކަށް ތިން އަހަރު ހިންގުމަށްފަހު، ފިނޭންސް މިނިސްޓްރީން ދެއްވައިގެން މ.ގޯލްޑަންސަންބީމަށް ޑީޕީއީ ހިންގުން ބަދަލުކުރެވުނީ 1994 ވަނަ އަހަރު އޮކްޓޯބަރ 29 ވީ ހޮނިހިރު ދުވަހުއެވެ. އަމިއްލަ ވަޒަނެއްގެ ގޮތުގައި ދިގު މުއްދަތެއްގައި މި އިމާރާތުގައި ޑީޕީއީ ހިންގަމުން ދިޔަ ނަމަވެސް އިމާރާތް ބާވެ ދެވޭ ޚިދުމަތާ އެއްވަރަށް އިމާރާތް ތަރައްޤީ ނުކުރެވުމުގެ ސަބަބުން، 2007 ވަނަ އަހަރުގެ ޑިސެމްބަރ 17 ވަނަ ދުވަހުން ފެށިގެން ޑީޕީއީ ހިންގުން ސީޓްރެކްސް ބިލްޑިންގ ގެ 8 އާއި 9 ވަނަ ފަންގިފިލާއަށް ބަދަލުކުރެއްވިއެވެ. މި އިމާރާތަކީ އަމިއްލަ ފަރުދެއްގެ އިމާރާތެކެވެ. މި އިމާރާތަށް ބަދަލުކުރެވުނު ނަމަވެސް ޑީޕީއީގެ ބައެއް މަސައްކަތްތައް މިހާރެކޭ އެއްގޮތަށް މ.ގޯލްޑަންސަންބީމުގައި ކުރެވެމުން ދިޔައެވެ.

ސީޓްރެކްސް ބިލްޑިންގ އިން ދެމުން ދިޔަ މަސައްކަތްތަ 2009 ވަނަ  އަހަރުގެ ސެޕްޓެމްބަރ 16 ގައި ބަދަލުކުރެވުނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ތަޢުލީމީ ފަންޑުން އިމާރާތް ކުރެވިފައިވާ ފިލާބިލްޑިންގ 2 އަށެވެ. 2009 ވަނަ އަހަރުން ފެށިގެން ފިލާ ބިލްޑިންގެ 2 ގައި ޑީޕީއީން ދެމުން ދިޔަ ޚިދުމަތްތައް އާއްމުންނަށް ފޯރުކޮށްދިނުމުގައި ތަފާތު ދަތިތައް ހުރުމުން، 2021 ވަނަ އަހަރުގެ ޖެނުއަރީ 1 ވަނަ ދުވަހުން ފެށިގެން މިޑިޕާޓްމަންޓު ހ.އަސްރަފީވިލާގެ 2، 3 ވަނަ ފަންގިފިލާއަށް ބަދަލުކުރުމަށްވަނީ ނިންމާފައެވެ.

ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސްއަކީ އަބަދުވެސް ރައްޔިތުން އިތުބާރުކުރާ ލަނޑުދަނޑިތައް ޙާޞިލް ކުރުމަށް ގަދައަޅައި މަސައްކަތް ކުރާ، ކަނޑައެޅިފައިވާ އުޞޫލުތަކަށް މަސައްކަތް ކުރުމުގައި ސާބިތުވެ ތިބޭ، ޚިދުމަތް ދެވޭ ގޮތާމެދު އަބަދުވެސް ސުވާލު އުފައްދައި ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ގަދައަޅާ މަސައްކަތް ކުރާ އުފެއްދުންތެރި، ތެދުވެރި، ނަޒާހަތްތެރި މުވައްޒަފުން ތިބި ތަނެއްކަމުގައި ލައްވާށިއެވެ. އާމީން!